މަޢުރޫފީ
އުނގެނުމުގެ ނަޒައްރިއްޔާ (ކޮގުނެޓިވް ލާނިން)
މި ނަޒައްރިއްޔާގައި ކިޔައިދެނީ މައުލޫމާތު އެއްކޮށް ރޭވުމުގެ ތެރެއިން
އިންސާނުން އެމީހުންގެ ދުނިޔެ ދެނެގަންނަ ގޮތެވެ. ކުއްޖަކު އުފަންވުމުން ފެށިގެން
ބޮޑު މީހަކަށް ވުމާހަމައަށް ވިސްނުން ތަރައްޤީވާގޮތް ކިޔައިދޭނެއެވެ. މި
ނަޒަރިއްޔާގައި އުގެނުން މާނަކުރާގޮތުގައި އުގެނޭފަރާތަށް މާހައުލުން ލިބިދޭ
މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ.މިގޮތުން
އުގެނުން ބިނާވެގެންވަނީ
އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލެވިގެންނެވެ.
އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލެވިގެންނެވެ.
ފިލޯސަފަރުންނާއި، މުޤައްރަރު ފަރުމާކުރުންތެރިންނާއި ނަފުސާނީ
ޢިލްމުވެރިންނާއި މުދައްރިބުންގެ ނަޒަރުގައި ދަރިވަރުންނަށް އުނގެނުމަކީ
މާނަހުރިކަމަކަށް ހަދައިދީ، އަދި
އުނގަނައިދިނުމަށް ފަސޭހައީ ފަރުދީ އަދި އިޖުތިމާއީ ހަރާތްތަކުގެ ތެރެއިންކަމަށް
ބުނާ ބުނުމަށް ބާރުއަޅާ އުނގެނުމުގެ ނަޒަރިއްޔާއަކީ ބިނާއީ (ކޮންސްޓްރަކްޓިވިޒަމް)
އުނގެނުމުގެ ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާގެ މައިގަނޑު ތިން ބޭފުޅަކު ވެއެވެ.
އެއީ ވައިގޮޓްސްކީ (1896 – 1934) އާއި ޖީން ޕިއާޖެޓް (1896 -1980) އަދި ޖޯން ޑިވޭ
(1859 -1952) އެވެ. ވައިގޮޓްސްކީ ބަޔާންކުރައްވާ މަސްދަރުތަކަކީ ވިސްނުންތަރައްޤީވުމުގައި
(މަޢުރޫފީ ކުރިއެރުން) އިޖުތިމާއީ ގުޅުންތަކެއްވާކަމާއި މޯ ނޮލެޖުބުލް އަދަރ
ނުވަތަ ދެނެގަތުމުގެ ޤާބިލުކަން ހަރުދަނާވުން ނުވަތަ ދެނެގަތުމުގައި ޤާބިލުކަން
ހުރުމާއި މަފްޙޫމުތައް ދޭހަކުރުމަށް ފަހިވުމާއި ޒޯން އޮފް ޕްރޮކްސިމަލް
ޑިވެލެޕްމަންޓް ނުވަތަ ބޮޑެތިމީހުންނާއި ކުދިންނާ ކިބައިގައިވާ ޤާބިލުކަމުގެ ފަރަގުވާކަމެވެ.
ޖީން ޕިއާޖޭ މިތިޔަރީ ތަރައްޤީ ކުރުމުގެ ގޮތުން އިތުރުކުރި ބައި ތަކަކީ ކުދިން
ދަސްކުރަނީ ކުރިން އެނގިފައިވާ މައުލޫމާތުގެ ބޭނުންކޮށްގެން
މި ޤާބިލުކަން ލިބެނީ ކުދިންގެ އުމުރުގައި ކަޑައްތު ކުރާ 4 މަރުހަލާއަކުން
ކަމަށް ޤަބޫލުކުރައްވާ އެބައި މި ތިޔަރީގެ ތެރެއަށް ފެއްތިއެވެ. އަދި މި ހަތަރު މަރުހަލާގައި ކުއްޖާއަށް ލިބޭ
މައުލޫމާތު އެޑަޕްޓްކޮށް (ދެނެގަނެ)، އެސިމިލޭޓްކޮށް (ކުރިން އެނގިފައިވާ އެއްޗަކާ
ގުޅުވާ) އެކޮމަޑޭޓްކުރާ (ގުޅުވުނު މައުލޫމާތުން މާނައެއް ދޭހަކުރޭ) ކަމަށް
ކަނޑައެޅިއެވެ. މިނަޒަރިއްޔާއަށް ތާއިދު ކުރައްވާ ޖޯން ޑިވޭ ވައިގޮޓްސްކީ ގެންނެވި
ބައިތަކަށް ތާއިދު ކުރުމާއެކު، އުނގެނުުމުގައި ގަޔާވުމާއި އުނގެނުމުގައި
ގިނަވަގުތު ހޭދަކޮށް އެކަމުގައި ޝާމިލުވެ އުޅުމާއި ކުއްޖާގެ އުނގެނުމުގެ
ތަޖުރިބާއާއި ގުޅުންތަކެއްވާކަމަށް ހާމަކުރެއްވިއެވެ.
މި ނަޒަރިއްޔާ ބުނާގޮތުގައި މިއީ އަމަލީ ގޮޮތެއްގައި ކަންކަން ކޮށްގެން އުނގެނޭ
އުނގެމަށް ބަރޯސާވާ ނަޒަރިއްޔާއެކެވެ. މި ނަޒަރިއްޔާގައި ބަލާނީ، އިންސާނުންގެ
ވިސްނުންތަރައްޤީވުމަށް މެދުވެރިވަނީ ކޮންކޮން އުންސުރުތަކެއްގެ ސަބަބުންތޯ އެވެ. ނުވަތަ
މިކަން މެދުވެރިވަނީ ކޮންކޮން ޖަޒުބާތެއްގެ ސަބަބުންތޯ ބެލުމަށެވެ. މައުލޫމާތު
ތަންޒީމުކުރުމުގެ މަރުހަލާގައި ބަލައިލެވެނީ އިންސާނުންގެ ސިކުނޑީގައި މައުލޫމާތު
ރައްކާކުރުމާއި އެއްކުރެވޭ މައުލޫމާތުތައް ރަމްޒީ އޮނިގަނޑުތަކެއްގެ ގޮތުގައި
ސިކުނޑީގައި ރައްކާކުރުމާއި، ސިކުނޑީގައި ރައްކާކުރެވިފައިވާ ރަމްޒީ އޮނިގަނޑުތައް
މައުލޫމާތުތަކެއްގެ ގޮތުގައި ނުވަތަ ޢިލްމުގެ ގޮތުގައި ބޭރުކޮށްލެވޭ ކޮށްލުމުގެ
މައްޗަށެވެ.
މި ނަޒަރިއްޔާއަކީ އުނގަންނައި ދިނުމުގައި ބޭނުންކުރަން ރަނގަޅު މޮޅު
ނަޒަރިއްޔާއަކަށް ވުމުގެ ސަބަބުތައް ވަރަށް ގިނައެވެ. މި ނަޒަރިއްޔާ ރަނގަޅުވި
ސަބަބުތަކުގެ ތެރޭގައި އުނގެނުމުގައި ދަރިވަރުންގެ ދައުރުބޮޑުވުން (ތަފާތު ލާނިން
ސްޓައިލްއަށް ފެތޭ)، އަމިއްލައަށް އުނގެނުމަށް ހިތްވަރުދީ
އަމިއްލައަށް ކަންކަން ދިރާސާކޮށް ދެނެގަތުމަށް ބާރުއަޅައިދިނުން، ވިސްނުމުގެ
ފެންވަރު މަތިވުން އެކިއެކި އުޞޫލުތަކުން ކުލާސް މުއްސަނދިވުން، އެހެންކުދިންނާއި މުދައްރިސާ ދެމެދުގައި ހަރުދަނާ ގުޅުމާއި މަޝްވަރާކުރުން
ބޭއްވުމާއި، އެކަނި ޙައްލު ކުރަން ދަތި މަސައްކަތްތަކަށް މުދައްރިސާއި އެހެނިހެން
ބައިވެރިންގެ ލަފައާއި މަޝްވަރާލިބި ފަސޭހަކަމާއެކު އެކަމެއް ވިސްނުމަށް
މަގުފަހިވުން (ޒޯން އޮފް ޕްރޮކްސިމަލް ޑިވިލޮޕްމަންޓު)، އުނގަންނައިދެމުންދާއިރު އުދަގޫ އެއްޗެއް އޮޅުންފިލުވައިދޭނަމަ އެހީތެރިވެދޭ
ލެވެލް ބަދަލުކުރެވި އެކުދިންގެ ވިސްނުމާއި ދޭހަވާ މިންވަރުގެ ލެވެލަކަށް
ބަދަލުކުރެވޭ (ސްކާފޯލްޑިންގ)، ވިސްނުން
ތޫނުވުން/ ވިސްނުމުގެހުނަރު ތަރައްޤީވުން، ވާހަކަދެއްކުމާއި އިޖުތިމާއީ ހުނަރުތައް ތަރައްޤީވުން، ދުނިޔަވީ ކަންކަމާއި ދަސްކުރާއެއްޗަކާގުޅުވަން އެނގުން، އަމިއްލައަށް ޝަޢުގުވެރިވެ ކިޔެވުމަށް މަސައްކަތްކުރުން އަދި މައްސަލަތައް
ހައްލުކުރުމަށް ފަރިތަވެ އެކަމަށް ފައްކާވުން ފަދަ އުނގެނުމަށް ފަހި ގިނަކަންތައްތަކެއް
ހިމެނެއެވެ.
މިނަޒަރިއްޔާގެ އެހީގައި ކިޔަވައިދިނުގެ ތަފާތު ވައްޓަފާޅިތައް
ބޭނުންކުރެވެއެވެ. އޭގެތެރޭގައި އިންޑަކްޓިވް ޓީޗިންގ ސްޓްރެޓެޖީސް ބޭނުން
ކުރެވޭނެއެވެ. މިގޮތަށް އުނގަންނައިދޭއިރު އެންމެ މުހިންމު ކަމަކީ، އުނގަންނައިދޭ
ބޭނުންވާ ބައިތަކާގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ކޯރޕަރޭޓިވް
ލާރނިންގ އުޞޫލުތައްކަމުގައިވާ، ޖިގްސޯ މެތަޑް، ތިންކިނގ ހެޓްސް، ގުރޫޕް، އިންވެސްޓިގޭޝަން އަދި ތިންކިންގ ޕެއަރ ޝެއަރ ބޭނުންކުރެވެއެވެ. އަދި ހަމައެހެންމެ
ސްކާފޯލްޑިންވެސް ބޭނުންކުރެވޭނެއެވެ. މި ތިޔަރީ ކްލާސްރޫމެއްގައި
ބޭނުންކުރެވިދާނެ ހާލަތްތަކަށް ބަލާއިރު، ގައިޑެޑް ޑިސްކަވަރީ (ފިލާވަޅުރާވައި، މަޤްޞަދުތަކެއް ކަނޑައަޅައި،
ދަރިވަރުންނަށް އެ މަޤްޞަދުތައް ޙާޞިލްކުރުމަށް އިރުޝާދުދީ މަގުދައްކައި، އެހީތެރިވެދިނުން.
(ގިނަވަގުތު ސުވާލުކުރުމުގައި ހޭދަކުރުން، ވަރަށް މަދުން ނޫނީ ތަފްޞީލުކޮށް
ނުދިނުން، އަދި ސުވާލުކޮށްގެން ކުދިންނަށް ވިސްނޭ ބައިތައް އެއްބައި އަނެއް ބަޔާ
ގުޅުވައި އެހެނިހެން ޚިޔާލުތައް ހުށަހަޅައި، ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު
ދިނުން)) އަދި އިންކުއަރީ (މަޢުލޫމާތުތަކެއް އަމިއްލައަށް ހޯދައިގެން މައްސަލައެއް
ހައްލުކުރުން. ދަރިވަރުން އަމިއްލައަށް ޙަރަކާތްތެރިވެ މަސައްކަތްކުރާ މިންވަރު
އިތުރު ކުރުން) މިބައިތަކުގެ އިތުރުން ކޯޕަރޭޓިވް ލާރނިންގ އާއި ކުލާސްރޫމް
ޑިސްކަޝަން ފަދަ ކިޔަވައިދިނުމުގައި ކާމިޔާބު ގޮތްތައް ބޭނުންކުރެވެއެވެ.