Thursday, February 28, 2013


މިނިވަންކަމަކީ، "އިން" ފަހަނައަޅާ ނުދިޔުމެވެ.
      
 މިނިވަންކަމަކީ، ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނޭ ކަލިމައެކެވެ. އެއީ އެތަނެއްގައި ދިރިއުޅޭ ހުރިހާ އަފުރާދުންނާއި، އެބައި މީހުންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. އަދި ކޮންމެ އިންސާނަކަށް ވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. ކޮންމެ މީހަކުވެސް ބޭނުންވާނެ ޙައްޤެކެވެ. ކޮންމެ ޤައުމެއްގައި ވެސް އޮތުން ލާޒިމު ކަމެކެވެ. ކޮންމެ ޤައުމަކަށް ވެސް އޮތުން ޙައްޤު ސިފައެކެވެ. އެހެންނަމަވެސް އަގުބޮޑު މި ނިޢުމަތުން މަޙުރޫމުވެފައިވާ ފަރާތްތަކެއް ވެސް އެބަވެ އެވެ. މި ޙައްޤު ހިތުހުރި މިންވަރަށް ބޭނުން ކުރާ ފަރާތްތައްވެސް އެބަވެ އެވެ. އެހެންނަމަވެސް އެންމެ ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިނިވަން ކަމުގެ އިމެއް ވާކަމެވެ. އެ އިމުން ބޭރުވުމުން މިނިވަންކަން ގެއްލޭނެ ކަމެވެ.

ދިވެހިންގެ ނިޔަމިކަން


އެވޭލާ ޒަމާނުންސުރެން ދިވެހިންނަކީ އެއްތަނުން އަނެއްތަނަށް ދަތުރުފަރުކޮށް އުޅުނު ނިޔަމިންތަކެކެވެ. ބޭރުގެ ގައުމުތަކަށާއި މި ރާއްޖޭގެ އެކިއެކި ރައްރަށައް ދަތުރު ފަތުރުކޮށް އުޅުނު ބައެކެވެ. ދުނިޔޭގެ ބޮޑެތި ހަޟާރާތްތަކާއި ގުޅުން ބަދެހިކޮށް އުޅުނު ދުނިޔެއާއި އެކުވެރި ބައެކެވެ. ދުނިޔޭގައި ބާރުގަދަ ރަސްދަރުބާރުތަކަށް ވެދުމާގޮސް ހަދިޔާބަދިޔާ ބަދަލުކޮށް އުޅުނު ހިތްހެޔޮ ބައެކެވެ. ދުނިޔޭގެ ހުޅަނގާއި އިރަށް ދަތުރު ފަތުރުކޮށް އުޅުނު ދަތުރު ފަތުރުގެ ޢިލްމު ދަންނަބައެކެވެ. އެވޭލާ ދިވެހިން ނިޔަމިކަން ކުރަމުން އައީ ދުނިޔެ ގަބޫލްކުރަމުން އަންނަ ޢިލްމުތައް ބޭނުން ކޮށްގެންނެވެ. އެވޭލާ ދިވެހި ނެވި ނިޔަމިން، ނިޔަމިކަން ކުރުމަށް މަސްނޫއީތަކެތި ބޭނުންކުރިއެވެ. އަދި ނިޔަމިކަން ކުރުމަށް ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބޭނުން ކުރިއެވެ. އެވޭލާ ދިވެހިން ނިޔަމިކަން ކުރަމުންއައީ ތަރިތަކަށާއި އިރާއި ހަނދަށް ބައިގެންނާއި މޫސުމީ އޮއިވަރާއި ދިޔަވަރާއި ވައަށް ބެލުމުގެ އިތުރުން މަސްނޫއީ ތަކެތި ބޭނުން ކޮށްގެންނެވެ.


މަޒުމޫނު ލިޔަންފެށުމުގެ ކުރިން
·         ލިބިފައިވާ މައުޟޫޢު ރަނގަޅަށް ކިޔާލަންވާނެއެވެ.
·         މައުޟޫޢުގައި ބުނާ އެއްޗެއް އެއްވެސް އޮޅުމެއްނެތި ދޭހަވާން ޖެހޭނެއެވެ.
·         މައުޟޫޢުގައިވާ ކޮންމެ ލަފުޒެއްގައި ބުނާ އެއްޗެއް އެނގެންޖެހޭނެއެވެ.
·         މަޢުލޫމާތު ލިބެންހުރި މައުޟޫޢުއެއް އިހުތިޔާރުމަށް ވިސްނަންވާނެއެވެ.
·         މަޒުމޫނު ލިޔަން އޮނިގަނޑެއް ތައްޔާރުކުރަންވާނެއެވެ.
·         އޮނިގަނޑުގައި މަޢުލޫމާތު ހުށަހަޅައިދޭނެ ގޮތް ލިޔަންވާނެއެވެ.
·         ލިޔަން ކަޑައަޅާފައިވާ ދިގުމިނަށް ފައްތަން ސަމާލުކަން ދޭންޖެހޭނެއެވެ.

Wednesday, February 27, 2013

welcome to my new blog