މަޒުމޫނު ލިޔަންފެށުމުގެ ކުރިން
·
ލިބިފައިވާ މައުޟޫޢު ރަނގަޅަށް
ކިޔާލަންވާނެއެވެ.
·
މައުޟޫޢުގައި ބުނާ އެއްޗެއް
އެއްވެސް އޮޅުމެއްނެތި ދޭހަވާން ޖެހޭނެއެވެ.
·
މައުޟޫޢުގައިވާ ކޮންމެ
ލަފުޒެއްގައި ބުނާ އެއްޗެއް އެނގެންޖެހޭނެއެވެ.
·
މަޢުލޫމާތު ލިބެންހުރި
މައުޟޫޢުއެއް އިހުތިޔާރުމަށް ވިސްނަންވާނެއެވެ.
·
މަޒުމޫނު ލިޔަން އޮނިގަނޑެއް
ތައްޔާރުކުރަންވާނެއެވެ.
·
އޮނިގަނޑުގައި މަޢުލޫމާތު
ހުށަހަޅައިދޭނެ ގޮތް ލިޔަންވާނެއެވެ.
މަޒުމޫނު ލިޔާއިރު ވިސްނަންވީ ކަންތައްތައް
·
މަޒުމޫނު އަމާޒުކުރެވޭ ބައެއްގެ
އިޙުސާސްތަކަށާއި ޝުޢޫރުތަކަށް ވިސްނަންޖެހޭނެއެވެ.
·
މަޒުމޫނުގައި ދެކެވޭ ވާހަކަތަކާ
ގުޅިގެން ކިޔުންތެރިންގެ އުފެދޭނެ ސުވާލުތަކާމެދު ވިސްނަންޖެހޭނެއެވެ.
·
ކިޔުންތެރިންގެ ހިތުގައި
އުފެދޭނެ ސުވާލުތަކުގެޖަވާބު މަޒޫނުގައި ހިމެނުމަށް ވިސްނަންޖެހޭނެއެވެ.
·
މަޒުމޫނުގައި ލިޔާ ވާހަކަތައް
ކިޔުންތެރިންނަށް އޮޅުންފިލުވައިދިނުމަށް ވިސްނަން ޖެހޭނެއެވެ.
·
ސުރުޚީއާ އެންމެ ތެދު
މަޢުލޫމާތު ދިނުމަށް ވިސްނަންޖެހޭނެއެވެ.
·
މަޒުމޫނުގައި ހިމަނާ
މަޢުލޫމާތަކީ ކިޔުންތެރިން ޝައުގުވެރިވާ މަޢުލޫމާތުކަމުގައި ހެދުމަށް
ވިސްނަންޖެހޭނެއެވެ.
·
ލިޔުންތެރިޔާ ޝައުގުވެރިވާ
މައުޟޫޢުތަކަށް ލިޔުމަށް ވިސްނަންޖެހޭނެއެވެ.
ސުރުޚީއެއް ޚިޔާރުކުރުން:
މަޒުމޫނު ލިޔުމަށްޓަކައި ސުރުޚީއެއް ޚިޔާރު
ކުރަންވާނީ ތިމާގެ ކިބައިގައި އެ ދާއިރާއަކުން އެކަށީގެންވާ މަޢުލޫމާތު ހުރި
ދާއިރާތަކުންނެވެ. މަޢުލޫމާތު ކަމުގައި ބުނެފައި މިވަނީ ރަނގަޅު މަޢުލޫމާތަށެވެ.
ދައްކާވާހަކަ ރަނގަޅަށް ސާބިތުކޮށްދެވޭ ފަދަ ހެއްކާއި ދަލީލު ދެއްކޭނެ
މަޢުލޫމާތަށެވެ. ބައެއްކަހަލަ ވާހަކަތައް ބާރުގަދަ ކުރުމަށްޓަކައި ޙާދިސާތަކާއި،
ކަންހިނގާފައިވާ ގޮތާއި، ތަފާސް ހިސާބު ވެސް ހުށަހަޅަން ޖެހިދާނެއެވެ. ވީމާ
މަޢޫލޫމާތުގެ ބައި ފުރިހަމަ ކުރުމަށްޓަކައި މިފަދަ މަޢުލޫމާތުތައް ހޯދުން ވަރަށް
މުހުންމެވެ. މިކަން މިމަގުން ކުރުމަށްޓަކައި ވީހާވެސް ގިނައިން ފޮތްކިޔުމީ
މަޖުބޫރުކަމެކެވެ.
މައުޟޫޢުދިރާސާކުރުން:
މައުޟޫ ދިރާސާ ކުރުމަކީ މައުޟޫޢާއިމެދު ވިސްނައި
ތިމާ އެމައުޟޫޢުގައި ލިޔާނެވާހަކަތައް ކަނޑައެޅުމެވެ. މިގޮތުން އެންމެފުރަތަމަ
މައުޟޫޢުލިބުމުން އެމައުޟޫޢުޢުން ސުވާލުތަކެއް އުފައްދަން ޖެހެއެވެ.
މައުޟޫޢުު: ޢިލްމު އުނގެނުމުގެ މުހިންމުކަން
ޢިލްމަކީ
ކޮންއެއްޗެއް؟
އުނގެނުމަކީކޮބާ؟
އުނގެނެނީ
ކީއްކުރަން؟ / އުނގެނުމުގެ މުހިންމުކަމަކީކޮބާ؟
މިސުވާލުތަކުގެ
ތެރެއިން އެންމެ ފަހުސުވާލަކީ މައިގަނޑު ގޮތެއްގައި މުޅިމައުުޟޫޢަށް ޖަވާބުދެވޭ
ސުވާލެވެ. އެހެނީ މައޫޟޫޢަކީ އުނގެނުމުގެ މުހިންމުކަން ކަމަށްވާއިރު
އެމުހިންމުކަން ހާމަކޮށްދިނުމަށް ލިޔަންޖެހޭ ހުރިހާވާހަކައެއް ނުވަތަ ޕޮއިންޓެއް
މިސުވާލުގެ ޖަވާބުގައި ލިޔެވޭތީ މިސުވާލު ހިމެނެނީ މަިމައުޟޫޢުގެ މައިގަނޑު
ސުވާލުކަމުގައެވެ. އަދި މިސުވާލުގެ ޖަވާބުގައި ލިޔެވޭ ވާހަކަތައްވާނީ މަޒުމޫނުގެ
މައިގަނޑު ކަމުގައެވެ.
މައިގަނޑު ސުވާލުއިތުރަށް ދިރާސާކުރުން.
(ޕޮއިންޓުހޯދުން)
· އުނގެނެނީ ކީއްކުރަން؟ / އުނގެނުމުގެ
މުހިންމުކަމަކީކޮބާ؟
1-
ވަޒީފާ ހޯދުން
ވަޒީފާ އަކީކޮބާ؟
ވަޒީފާހޯދަނީ ކީއްކުރަން؟
ވަޒީފާހޯދީމާ ވާނީކިހިނެއް؟
ވަޒިފާހޯދުމާއި އުނގެނުމާއިހުރީ ކޮންގުޅުމެއް؟
2-
މުޖުތަމަޢަށް ފައިދާހުރި
މީހަކަށްވުން
މުޖުތަމަޢަށް ފައިދާ ހޯދުމަކީކޮބާ؟
މުޖުތަމަޢަށް ފައިދާހުންނަ މީހުންނަކީކޮބާ؟
އެފަދަމީހަކަށް ވެވޭނީ ކިހިނެއް ؟
އެކަމާއި ޢިލްމު އުނގެނުމާއި ހުރި ގުޅުމަކީކޮބާ؟
3- ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން
ކުރިއެރުން ހޯދުމާއި އެއަށް އަހުލުވެރިވުން.
ސައިންސާއި ޓެކްނޮލޮޖީއަކީކޮބާ؟
ސައިންސާއިޓެކްނޮލޮޖީ ގެގޮތުންކުރިއެރުމަކީކޮބާ؟
އެކުރިއެރުން ހޯދާނީކިހިނެއް؟ އެއަށް އަހުލުވެރިވާނީކިހިނެއް؟
އޭގެފައިދާއަކީކޮބާ؟
އެކަމާއި ޢިލްމުއުނގެނުމާއިހުރިގުޅުމަކީކޮބާ؟
4- މީސްތަކުންގެ ޤަދަރާއި
އިޙުތިރާމުހޯދުން
ދުނިޔޭގައި އުޅޭއިރު މީސްތަކުންގެ ޤަދަރާއި އިޙުތިރާމަކީ ކިހާވަރެއްގެ
އެއްޗެއް؟
އެހޯދޭނީ ކިހިނެއް؟ ކޮންބައަކަށް؟
އެފަދަމީހަކަށްވުމާއި ޢީލްމު އުނގެނުމާއި ހުރީކޮންގުޅުމެއް؟