Wednesday, March 27, 2013


އުނގެނުމުގެ ނަޒަރިއްޔާތުތައް-1
1.    ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)ގެ ބާނީންގެ ގޮތުގައި ދެ ބޭފުޅަކު މަޝްއޫރުވެފައިވެއެވެ. އެއީ ބީ. އެފް. ސްކިނަރ (1904-1990) (Burrhus Frederic "B. F." Skinner (March 20, 1904 – August 18, 1990)) އަދި އިވާން ޕޯވްލޮވް (1849-1936) މިނަޒިރިއްޔާތުގެ މާހިރުން ވިދާޅުވަނީ އުނގެނުމަކީ ދާއިމީގޮތެއްގައި ސުލޫކަށް އަންނަބަދަލެއް ކަމުގައެވެ. މި ބަދަލަކީ ރަނގަޅު ބަދެއްލެއްކަމުގައި ނުވަތަ ނުރަނގަޅު ބަދަލެއްކަމުގައިވެސް ވެދާނެއެވެ. މި ބަދަލުތައް އައުމަށް އުނގެނުމުގައި ހަރަކާތް އެކުލެވިގެންވެއެވެ.

Saturday, March 23, 2013


އުނގަންނައިދިނުމުގެ ނަޒަރިއްޔާތު
ފެށުން
އުނގެނުމާއި އުނގަންނައި ދިނުމަކީ ނުހަނު އަގުހުރި ވަގުތުތަކެއް ހޭދަކޮށްގެން ކުރާ ބުރަ އެހެނަސް ފައިދާބޮޑު ކަމެކެވެ. ނުދަތުމުގެ ތެރެއިން ދަތުމުގެ ތެރެއަށް ވަނުމަށް އެންމެންވެސް ބޭނުންވާނެއެވެ. ދުނިޔޭގެ ކަންކަން ފިލާ މޮޅުމީހަކަށްވާން ބޭނުންވާނެއެވެ. މީ ކޮންމެ މީހެއްގެވެސް އިހުސާސްތަކާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އުނގެނުމަކީ އެންމެ ބޮޑަށް ވިކޭ އެކައްޗެވެ. އުނގެނުން ވިއްކަންޖެހެނީ އެދުރުންނަށެވެ. މިކަމަށްޓަކައި އިންސާނީ ތަބީއަތް މިކަމަށް ތަންދޭ މިންވަރާއި އިންސާނާގެ ނަފުސު ދެނެގަންނަން ޖެހެއެވެ. މިހެންވެ އުނގެނުމުގެ ތަފާތު ނަޒަރިއްޔާތުތަކެއްވަނީ ތައާރަފުވެފައެވެ. މިނަޒަރިއްޔާތުތައް ތަޖުރިބާކޮށް އެއިން މަންފާ ހާސިލިކުރާއިރު އޭގައި ހުރި އުނިކަންކަން އަންނަނީ ފާހަގަކުރެވެމުންނެވެ. މި ނަޒަރިއްޔާތުތައް ދިރާސާކުރުމަށް ބޭނުންކުރާ މުޖުތަމައު އެއީ މުޅި ދުނިޔޭގެ އެންމެންނަށް ގޮތް ނިންމުމަށް އެކަށީގެންވާ މުޖުތަމަޢުއަކަށް ނުވުމީވެސް އެކަށީގެންވާކަމަކަށްވެއެވެ. ނުވަތަ މުޖުތަމަޢު ތަފާތުވުމުން ނަޒަރިއްޔާގެ ބައެއްކަންކަމާ ފުށުއަރުންވެސް ގާތެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އުނގަންނައި ދިނުމުގައި އަމިއްލަ ނަޒަރިއްޔާއެއް އޮތުމީ މުހިންމުކަމެކެވެ.

Monday, March 18, 2013


ޕެޑަގޮގީގެ ތާއާރަފު
Pedagogy"" ގެ އިޖުމާލީ މާނައަކީ އުނގަންނައި ދިނުމުގެ ޢިލްމެވެ. މި ލަފުޒުގެ ލަފުޒީ މާނައަށް ބެލުމުންވެސް ކުރިން ދެންނެވި މާނަ ނެރެވެއެވެ. މި ލަފުޒަކީ ކުރީކުބަހުން ވިހާފައިވާ ލފުޒެކެވެ. "(/ˈpɛdəɡɒdʒi/ or /ˈpɛdəɡoʊdʒi/)" ފޮނެޓިކްސް އިން ލިޔާއިރު ލިޔެވޭނީ މިގޮތަށެވެ. "Ped" ނުވަތަ "paidos "ގެ މާނައައކީ ކުޑަކުދިންނެވެ. "ago" ނުވަތަ "əɡoʊ " ގެ މާނައަކީ އިސްކަނުމެވެ. އެހެންކަމުން މި ލަފުގެ ތަރުޖަމާއަކަށްވަނީ ކުޑަކުދިންނަށް އިސްކަން ދިނުމެވެ.