އުނގެނުމުގެ
ނަޒަރިއްޔާތުތައް-1
1. ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)
ސުލޫކީ އުނގެނުމުގެ
ނަޒަރިއްޔާ (Behavioral learning theory)ގެ ބާނީންގެ ގޮތުގައި ދެ
ބޭފުޅަކު މަޝްއޫރުވެފައިވެއެވެ. އެއީ ބީ. އެފް. ސްކިނަރ (1904-1990) (Burrhus Frederic "B. F." Skinner (March 20, 1904 – August 18, 1990)) އަދި އިވާން ޕޯވްލޮވް
(1849-1936) މިނަޒިރިއްޔާތުގެ މާހިރުން ވިދާޅުވަނީ އުނގެނުމަކީ ދާއިމީގޮތެއްގައި
ސުލޫކަށް އަންނަބަދަލެއް ކަމުގައެވެ. މި ބަދަލަކީ ރަނގަޅު ބަދެއްލެއްކަމުގައި
ނުވަތަ ނުރަނގަޅު ބަދަލެއްކަމުގައިވެސް ވެދާނެއެވެ. މި ބަދަލުތައް އައުމަށް އުނގެނުމުގައި
ހަރަކާތް އެކުލެވިގެންވެއެވެ.
ހަރަކާތް މިތާންގައި މި މާނަކުރަނީ ކަންކަން ކުރުމާއި ތަޖުރިބާ ކުރުމަށެވެ. މި ނަޒަރިއްޔާތު ބުނާގޮތުން އުނގެނުނުކަން އެނގެނީ އެމީހެއްގެ ހަރަކާތަށް އަންނަބަދަލުންނެވެ. ނަމަވެސް ބަނޑުހައިވުމުން ކާން އުޅުމާއި ބައްޔެއްވުމުން ހޮޑުލެވުންފަދަ ކަންކަން މިބައިގައި ނުހިމެނޭނެއެވެ. މި ނަޒަރިއްޔާގެ އިސް ދެ މޭސްތިރިންވަނީ މި ނަޒަރިއްޔާތުގެ ތެރެއިން ދެބައެއް އުފައްދާފައެވެ. އެއީ އޮޕަރޭޓް ކޮންޑިޝަނިންގ( operant conditioning ) އަދި ކްލެސިކަލް ކޮންޑިޝަނިންގ(classical conditioning) މި ދެބައެވެ.
ހަރަކާތް މިތާންގައި މި މާނަކުރަނީ ކަންކަން ކުރުމާއި ތަޖުރިބާ ކުރުމަށެވެ. މި ނަޒަރިއްޔާތު ބުނާގޮތުން އުނގެނުނުކަން އެނގެނީ އެމީހެއްގެ ހަރަކާތަށް އަންނަބަދަލުންނެވެ. ނަމަވެސް ބަނޑުހައިވުމުން ކާން އުޅުމާއި ބައްޔެއްވުމުން ހޮޑުލެވުންފަދަ ކަންކަން މިބައިގައި ނުހިމެނޭނެއެވެ. މި ނަޒަރިއްޔާގެ އިސް ދެ މޭސްތިރިންވަނީ މި ނަޒަރިއްޔާތުގެ ތެރެއިން ދެބައެއް އުފައްދާފައެވެ. އެއީ އޮޕަރޭޓް ކޮންޑިޝަނިންގ( operant conditioning ) އަދި ކްލެސިކަލް ކޮންޑިޝަނިންގ(classical conditioning) މި ދެބައެވެ.
1.1.
އޮޕަރޭޓް ކޮންޑިޝަނިންގ( operant conditioning )
އޮޕަރޭޓް
ކޮންޑިޝަނިންގ( operant conditioning )
ނުވަތަ އިރުޝާދު ދީގެން ކަންކަން
ކުރުވުމުގެ ނަޒަރިއްޔާތަކީ ބީ. އެފް. ސްކިނަރ (1904-1990) (Burrhus Frederic "B. F." Skinner (March 20, 1904 – August 18, 1990)) އީޖާދުކުރި ފަލްސަފީ
ނަޒަރިއްޔާތެކެވެ. އޮޕަރޭޓްކުރުމަކީ ބައްޓަންކުރުވުމަށް އަމަލުތައް ގެންގުޅުވާ
ގޮތެވެ. މި ނަޒަރިއްޔާ ބުނާގޮތުގައި އުނގެނެނީ، އިނާމު ދިނުމުންނާއި އަދަބު
ދިނުމުންކަމުގައެވެ. އަމަލެއް ކުރުމުން އެ އަމަލުގެ ރައްދުގައި ލިބޭ އެއްޗަކީ
އެކަން ތަކުރާރު ކުރުމަށާއި ތަކުރާރު ނުކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. މި
ނަޒަރިއްޔާ ބުނާގޮތުން އިސާނާގެ އަމަލުތަކަށް އިނާމު ނުވަތަ އަދަބު ލިބުމުން ދަސްކުރެއެވެ.
އެހެންކަމަށްވާނަމަ އިނާމުދިނުމުގައާއި އަދަބު ދިނުމުގައި ބިނާކުރުވުމާއި
ފަނާކުރުން ވެއެވެ. އެއީ އެމީހާގެ ސްލޫކުގައި ރަނގަޅުކަމެއް އަށަގެންނެވުން ނުވަތަ
ނުރަނގަޅުކަމެއް ފުހެލުމެވެ. އެހެންކަމަށްވާނަމަ ރަނގަޅުކަންކަން ކުރުމުން ދެވޭނީ
އިނާމެވެ. ނުރަނގަޅު ކަންކަން ކުރުމުން ލިބޭނީ އަދަބެވެ.
ކްލެސިކަލް
ކޮންޑިޝަނިންގ(classical conditioning) ވުޖޫދުވީ
އޮޅުމެއްގެ ތެރެއިން ނުވަތަ ގަސްތުގައި މިކަމަށް ނިޔަތްގަނެ ކުރިކަމަކުންނޫނެވެ.
މި ނަޒަރިއްޔާގެބާނީ ޕޯވްލޮވް ބޭނުންވީ ކާއެއްޗެތި ހަޖަމުކުރުމުގައި ކުޅު އެކުލެވޭ
މިންވަރަރާއި އޭގެ ދައުރު ބެލުމަށެވެ. މިމަސައްކަތް ކުރުމަށް ކުރި މަސައްކަތުން
ފުރަތަމަ ފާހަގަކުރެވުނީ ކާއެއްޗެތި ކުއްތާއަށް
ދިނުމުން ކުޅު ދިޔާވާކަމެވެ. ދެންފާހަގަކުރެވުނީ ކާ އެއްޗެތި ފެނުމުން ކުޅު ދިޔާވާކަމެވެ.
މިކަން މިމަގުން ހިގުމަށްފަހު ފާހަގަކުރެވުނީ ކުއްތާއަށް ކާންދޭ މީހުން އައުމުން
ކުޅުދިޔާވާކަމެވެ. މިހިސާބުން ޕޯވްލޮވްގެ ދިރާސާގެ މިސްރާބު ބަދަލުކޮށްލިއެވެ. މި
ބަދަލުކޮށްލި ކޮށްލުމުން އުފެދުނު މަހުފޫމަކީ ނުވަތަ ތިއަރީއަކީ 'ކްލެސިކަލް
ކޮންޑިޝަނިން' (ފަރިތަވެފައިވާ އާދަތައް) އެވެ.
(މި ތިޔަރީގެ
އިތުރު ތަފްސީލުތައް އަންނަ ހަފްތާގައި)