Monday, March 18, 2013


ޕެޑަގޮގީގެ ތާއާރަފު
Pedagogy"" ގެ އިޖުމާލީ މާނައަކީ އުނގަންނައި ދިނުމުގެ ޢިލްމެވެ. މި ލަފުޒުގެ ލަފުޒީ މާނައަށް ބެލުމުންވެސް ކުރިން ދެންނެވި މާނަ ނެރެވެއެވެ. މި ލަފުޒަކީ ކުރީކުބަހުން ވިހާފައިވާ ލފުޒެކެވެ. "(/ˈpɛdəɡɒdʒi/ or /ˈpɛdəɡoʊdʒi/)" ފޮނެޓިކްސް އިން ލިޔާއިރު ލިޔެވޭނީ މިގޮތަށެވެ. "Ped" ނުވަތަ "paidos "ގެ މާނައައކީ ކުޑަކުދިންނެވެ. "ago" ނުވަތަ "əɡoʊ " ގެ މާނައަކީ އިސްކަނުމެވެ. އެހެންކަމުން މި ލަފުގެ ތަރުޖަމާއަކަށްވަނީ ކުޑަކުދިންނަށް އިސްކަން ދިނުމެވެ.
އެހެންކަމުން ޢިލްމީ ވެށީގައި މީގެ މާނައަކީ ދަރިވަރުންނަށް އިސްކަން ދީގެން އުނގަންނައި ދިނުމެވެ. ނުވަތަ ދަރިވަރުންގެ ހިތްރުއްސައިގެން އުނގަންނައިދިނުމެވެ. "ހިތްރުއްސުން" މި ލަފުޒު މިތާންގައި މާނަކޮށްފައި މިވަނީ ކުދިންގެ ޝައުގުވެރިކަމަށެވެ. ކުދިން ޝައުގުވެރިކުރުމަށް ޓަކައި އެ ދަރިވަރުން އުނގެނޭ ގޮތްތައް އިނގުން މުހިންމެވެ. އޮޅުންފިލާނެ ގޮތާއި އޮޅުންފިލުވައިދޭ ދަސްކުރަންޖެހެއެވެ. ކަމަށްޓަކައި ކުދިންގެ ވައްޓަފާޅި ދެނެގަންނަން ޖެހެއެވެ. ޝައުގުވެރިވާ ކަންކަމާއި ޝައުގު ދަމަހައްޓަން އެނގެންޖެހެއެވެ. އެހެންކަމުން މިކަން ދިރާސާ ކުރާ ޢިލްމުވެރިންވަނީ އުނގަންނައިދިނުމުގެ ނަޒަރިއްޔާތު ތަކެއް އުފައްދާފައެވެ. މިމާއްދާގައި ބަލާލައިފާވާ ނަޒަރިއްޔާތުތަކަކީ:
1.      ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)
2.      ކޮގްނެޓިވް އުނގެނުމުގެ ނަޒަރިއްޔާ (Cognitive learning theory)
3.      އިޖުތިމާއީ ކޮގްނެޓިވް އުނގެނުމުގެ ނަޒަރިއްޔާ (Social Cognitive learning theory)
4.      ކޮންސްޓްރަކްޓިވިޒަމް (Constructivism/ constructivist learning theory)
5.      ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާ (Motivation) މި ނަޒަރިއްޔާތުތަކެވެ.