އުނގަންނައިދިނުމުގެ
ނަޒަރިއްޔާތު
ފެށުން
އުނގެނުމާއި
އުނގަންނައި ދިނުމަކީ ނުހަނު އަގުހުރި ވަގުތުތަކެއް ހޭދަކޮށްގެން ކުރާ ބުރަ
އެހެނަސް ފައިދާބޮޑު ކަމެކެވެ. ނުދަތުމުގެ ތެރެއިން ދަތުމުގެ ތެރެއަށް ވަނުމަށް
އެންމެންވެސް ބޭނުންވާނެއެވެ. ދުނިޔޭގެ ކަންކަން ފިލާ މޮޅުމީހަކަށްވާން
ބޭނުންވާނެއެވެ. މީ ކޮންމެ މީހެއްގެވެސް އިހުސާސްތަކާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން
އުނގެނުމަކީ އެންމެ ބޮޑަށް ވިކޭ އެކައްޗެވެ. އުނގެނުން ވިއްކަންޖެހެނީ އެދުރުންނަށެވެ.
މިކަމަށްޓަކައި އިންސާނީ ތަބީއަތް މިކަމަށް ތަންދޭ މިންވަރާއި އިންސާނާގެ ނަފުސު
ދެނެގަންނަން ޖެހެއެވެ. މިހެންވެ އުނގެނުމުގެ ތަފާތު ނަޒަރިއްޔާތުތަކެއްވަނީ
ތައާރަފުވެފައެވެ. މިނަޒަރިއްޔާތުތައް ތަޖުރިބާކޮށް އެއިން މަންފާ ހާސިލިކުރާއިރު
އޭގައި ހުރި އުނިކަންކަން އަންނަނީ ފާހަގަކުރެވެމުންނެވެ. މި ނަޒަރިއްޔާތުތައް
ދިރާސާކުރުމަށް ބޭނުންކުރާ މުޖުތަމައު އެއީ މުޅި ދުނިޔޭގެ އެންމެންނަށް ގޮތް
ނިންމުމަށް އެކަށީގެންވާ މުޖުތަމަޢުއަކަށް ނުވުމީވެސް އެކަށީގެންވާކަމަކަށްވެއެވެ.
ނުވަތަ މުޖުތަމަޢު ތަފާތުވުމުން ނަޒަރިއްޔާގެ ބައެއްކަންކަމާ ފުށުއަރުންވެސް
ގާތެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އުނގަންނައި ދިނުމުގައި އަމިއްލަ
ނަޒަރިއްޔާއެއް އޮތުމީ މުހިންމުކަމެކެވެ.
އުނގަންނައިދިނިމުގެ
ނަޒަރިއްޔާތު
މައިގަނޑު ފަސް
ނަޒަރިއްޔާތެއް ޕްރެކްޓިސްކުރާއިރު މިއިން އެއްވެސް ނަޒަރިއްޔާތަކީ
ފުރާފުރިހަމަވެފައިވާ ނަޒަރިއްޔާތެއްނޫންކަމަށް އެންމެނަށްވެސް އެއްބަސްވެވެއެވެ. ހަމައެހެންމެ،
ކޮންމެ ނަޒިއްޔާތެއްގައިވެސް ރަނގަޅު ސިފަތަކެއް ހުރިކަމަށްވެސް ގަބޫލުކުރެއެވެ.
އެހެންކަމުން އުނގަންނައި ދިނުމުގައި އަމިއްލަ ނަޒަރިއްޔާތެއް އެކުލަވައިލާއިރު
ނުވަތަ ބެނުންކުރާއިރު މި ކަންކަމަށް ފިކުރުކޮށް ރަނގަޅު ސިފަތައް
އިޖުމާލީގޮތެއްގައި ބޭނުންކުރުން ހުއްޓެއްވެ. ދަރިވަރު ޝައުގުވެރިކުރުވަންޖެހެއެވެ.
ތަރުހީބުދޭންޖެއެވެ. އަލުން ބުނެދޭން ޖެއެވެ. އަމިއްލަ ވެށިންވެސް ދަސްކުރެއެވެ.
އުމުރުފުރާގެ ތަފާތުގެ ސަބަބުން އުނގަންނައިދޭ މިންވަރު ދޭހަވުމުގައި
ތަފާތުހުރެއެވެ. އެހެންކަމުން އުނގަންނައިދިނުމުގައި މިކަންކަމަށް ވިސްނައި
ގަޑިރޭވުމީ ނުހަނު ބޭނުންހުރިކަމެކެވެ.
ދަރިވަރުގެ ސުލޫކު ދެނެގަނެގަނެ، ވެށި ދަސްކޮށް ދަރިވަރު ލޯބިކުރާ ކަންކަމުގެ
ތެރެއިން އުނގަންނައިދިނުމުން ދަރިވަރަށް ފަހުމްވާލެއް ފަސޭހަވާނެއެވެ.
މިކަމަށްޓަކައި މުދައްރިސުން ގަޑިއަށް ތައްޔާރުވާންޖެހެއެވެ. ދަރިވަރުން ކުރާނެ
ސުވާލުތަކަށް ތައްޔާރުވާންޖެއެވެ. ދަރިވަރުކުރާ ސުވާލަށް ޖަވާބުނުދެވޭނަމަ
މުދައްރިސްގެ އިތުބާރު ގެއްލޭނެއެވެ. މުދައްރިސް އަންނަނީ މާބޮޑު އެއްޗެއް
އެނގިގެންނޫންކަމުގެ އިހުސާސް ދަރިވަރުންނަށް ކުރެވޭނެއެވެ. އަދި ދަރިވަރަށް
ޖަވާބު ނޭނގުމުން އެވާހަކަ ބުނާނެއެވެ. އެހެންކަމުން އުނގަންނައިދޭ މީހަކީ ޢިލްމީ
ވެށީގައި ގާބިލު ދަރިވަރުންގެ އިތުބާރު ލިބިގެންވާ އެދުރަކަށް ވުމީ
އުނގެނޭފަރާތުން އުނގެނުމަށް ބާރުލިބޭކަމެކެވެ. އެހެންކަމުން ގަޑީގައި
ބޭނުންކޮށްފާނެ ނުވަތަ ގަޑިއަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތަކާއެކު ކްލާހަށް
ދިޔުމީ ކޮންމެހެން ބޭނުންކަމެކެވެ.
ހުސްވަގުތުގައި ކުރާނީ އެންމެ ހިތްއެދޭ ނުވަތަ އެންމެ ލޯބިކުރާ ކަންކަމެވެ.
ނުވަތަ ފޫހިވާ ކަމުން ދުރަށްދެވޭނޭ ކަންކަމެވެ. މިކަމަށްޓަކައި ހުސްވަގުތު
ހޯދުމަށް މަސައްކަތްވެސް ކުރަމުއެވެ. އުނގެނޭ ހިތްވާ ކަންކަން އުނގެނުމުގައިވެސް
ބޭނުންކުރަމުއެވެ. އެހެންކަމުން އުނގަންނައި ދިނުމުގައި މިކަމަށް
ވިސްނަންޖެހެއެވެ. ދަރިވަރުން ބޭނުންވާ ކަންކަމުގެ ތެރެއިން އުނގެނުމުގެ އެހީ
ބޭނުންކުރަންޖެހެއެވެ. އަދި އުނގެނުމުގެ ތެރެއިން އެހެންކަންކަމަށް ހުސްވަގުތުނުދީ
އުނގަންނައިދޭން ބޭނުންވާ ކަމެއްގައި މަސްއޫލު ކުރުވުމީ ނުހަނު މުހިންމު ކަމެކެވެ.
ބިހޭވިއަރެސްޓުން ގަބޫލުކުރާ ގޮތުގައި ދަރިވަރު އުނގެނުމުގެ އެންމެ މުހިންމު
ދައުރެއް އަދާކުރަނީ ދިރިއުޅޭ މާހައުލެވެ. މާހައުލުގައި ހިގާކަން ކަންކަން
ފަސޭހައިން ދެނެގަނެ އެކަންކަމަށް ކޮންޑިޝަންވާނެއެވެ. މިއީ ގަބޫލުކުރަންޖެހޭ
ޙަޤީޤަތެއްކެވެ. އެހެންކަމުން އުނގަންނައިދިނުމުގައި މުޖުތަމަޢުއާއި ވީހާވެސް
ގުޅުން ބޮޑުގޮތަކަށް އުނގަންނައިދިނުން ވަރަށް މުހިންމެވެ.
އުނގަންނައިދިނުމުގައި އެއް އުސޫލުތަކެއް ގެންގުޅުމީ ވަރަށް މުހިންމުކަމެކެވެ.
ދަރިވަރުންނަށް ކަންކަން ނަގައިގަނެ ދެންކުރަންވީ ކަން ނުބުނަނީސް ފަސޭހައިން
އެނގޭނެއެވެ. މިސާލު: ކޮންމެ ދުވަހަކު މުދައްރިސް ކްލާހަށް ވަދެ ހުރިހާކުދިން ކޮޅަށްނަގައި
ސަލާމްގޮވާ މުދައްރިސެއްނަމަ، އެ މުދައްރިސް ކުލާހަށް ވަންނައިރަށް ހުރިހާކުދިން
ކޮޅަށް ތެދުވާނެވެ. ކުދިންތިބޭނީ ކޮންޑިޝަން ކުރެވިފައެވެ. މިގޮތައް ކްލާހުގައި
ވަރަށް ގިނަ ކަންކަމުގައި އެއް އުސޫލަކުން އަމަލުކުރެވޭނެއެވެ.
ކުރިން ބޭނުންކުރި މައުލޫމާތާ އައު މައުލޫމާތު ގުޅުވައިގެން އުފައްދާ
މައުލޫމާތަކީ ތެދުކަން ކަށަވަރު ކޮށްދިނުމީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަދި އެކަމަށް މައުލޫމާތު ދެވެންވާނެއެވެ. ދަރިވަރުގެ މަސައްކަތް ވަޒަންކޮށް
އެއަށް ބިނާކުރުވަނިވި ފާޑު ކިޔަންޖެހޭނެއެވެ. ދަރިވަރުގެ މަސައްކަތަކީ ރަނގަޅު
މަސައްކަތެއްތޯއާއި ރަނގަޅުކުރަންވީ ކަންކަން އަންގައިދޭންޖެހޭނެއެވެ. އަދި
ނުރަނގަޅުކަންކަން ރަނގަޅަށް ކުރުމަށް ބާރުއަޅަންވާނެއެވެ. އަދި ހަމަ އެހެންމެ
ރަނގަޅުކަން ފާހަގަކޮށް ތަރުހީބުދީ އެއަށްވުރެ ރަނގަޅަށް ކުރުމަށް ހިތްޖެހޭގޮތަށް
މުއާމަލާތް ކުރަންޖެހޭނެއެވެ.