Saturday, May 11, 2013


މަޢުރޫފީ އުނގެނުމުގެ ނަޒައްރިއްޔާ (ކޮގުނެޓިވް ލާނިން)

މި ނަޒައްރިއްޔާގައި ކިޔައިދެނީ މައުލޫމާތު އެއްކޮށް ރޭވުމުގެ ތެރެއިން އިންސާނުން އެމީހުންގެ ދުނިޔެ ދެނެގަންނަ ގޮތެވެ. ކުއްޖަކު އުފަންވުމުން ފެށިގެން ބޮޑު މީހަކަށް ވުމާހަމައަށް ވިސްނުން ތަރައްޤީވާގޮތް ކިޔައިދޭނެއެވެ. މި ނަޒަރިއްޔާގައި އުގެނުން މާނަކުރާގޮތުގައި އުގެނޭފަރާތަށް މާހައުލުން ލިބިދޭ މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ.މިގޮތުން އުގެނުން ބިނާވެގެންވަނީ
hi

Wednesday, March 27, 2013


އުނގެނުމުގެ ނަޒަރިއްޔާތުތައް-1
1.    ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)ގެ ބާނީންގެ ގޮތުގައި ދެ ބޭފުޅަކު މަޝްއޫރުވެފައިވެއެވެ. އެއީ ބީ. އެފް. ސްކިނަރ (1904-1990) (Burrhus Frederic "B. F." Skinner (March 20, 1904 – August 18, 1990)) އަދި އިވާން ޕޯވްލޮވް (1849-1936) މިނަޒިރިއްޔާތުގެ މާހިރުން ވިދާޅުވަނީ އުނގެނުމަކީ ދާއިމީގޮތެއްގައި ސުލޫކަށް އަންނަބަދަލެއް ކަމުގައެވެ. މި ބަދަލަކީ ރަނގަޅު ބަދެއްލެއްކަމުގައި ނުވަތަ ނުރަނގަޅު ބަދަލެއްކަމުގައިވެސް ވެދާނެއެވެ. މި ބަދަލުތައް އައުމަށް އުނގެނުމުގައި ހަރަކާތް އެކުލެވިގެންވެއެވެ.

Saturday, March 23, 2013


އުނގަންނައިދިނުމުގެ ނަޒަރިއްޔާތު
ފެށުން
އުނގެނުމާއި އުނގަންނައި ދިނުމަކީ ނުހަނު އަގުހުރި ވަގުތުތަކެއް ހޭދަކޮށްގެން ކުރާ ބުރަ އެހެނަސް ފައިދާބޮޑު ކަމެކެވެ. ނުދަތުމުގެ ތެރެއިން ދަތުމުގެ ތެރެއަށް ވަނުމަށް އެންމެންވެސް ބޭނުންވާނެއެވެ. ދުނިޔޭގެ ކަންކަން ފިލާ މޮޅުމީހަކަށްވާން ބޭނުންވާނެއެވެ. މީ ކޮންމެ މީހެއްގެވެސް އިހުސާސްތަކާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އުނގެނުމަކީ އެންމެ ބޮޑަށް ވިކޭ އެކައްޗެވެ. އުނގެނުން ވިއްކަންޖެހެނީ އެދުރުންނަށެވެ. މިކަމަށްޓަކައި އިންސާނީ ތަބީއަތް މިކަމަށް ތަންދޭ މިންވަރާއި އިންސާނާގެ ނަފުސު ދެނެގަންނަން ޖެހެއެވެ. މިހެންވެ އުނގެނުމުގެ ތަފާތު ނަޒަރިއްޔާތުތަކެއްވަނީ ތައާރަފުވެފައެވެ. މިނަޒަރިއްޔާތުތައް ތަޖުރިބާކޮށް އެއިން މަންފާ ހާސިލިކުރާއިރު އޭގައި ހުރި އުނިކަންކަން އަންނަނީ ފާހަގަކުރެވެމުންނެވެ. މި ނަޒަރިއްޔާތުތައް ދިރާސާކުރުމަށް ބޭނުންކުރާ މުޖުތަމައު އެއީ މުޅި ދުނިޔޭގެ އެންމެންނަށް ގޮތް ނިންމުމަށް އެކަށީގެންވާ މުޖުތަމަޢުއަކަށް ނުވުމީވެސް އެކަށީގެންވާކަމަކަށްވެއެވެ. ނުވަތަ މުޖުތަމަޢު ތަފާތުވުމުން ނަޒަރިއްޔާގެ ބައެއްކަންކަމާ ފުށުއަރުންވެސް ގާތެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އުނގަންނައި ދިނުމުގައި އަމިއްލަ ނަޒަރިއްޔާއެއް އޮތުމީ މުހިންމުކަމެކެވެ.

Monday, March 18, 2013


ޕެޑަގޮގީގެ ތާއާރަފު
Pedagogy"" ގެ އިޖުމާލީ މާނައަކީ އުނގަންނައި ދިނުމުގެ ޢިލްމެވެ. މި ލަފުޒުގެ ލަފުޒީ މާނައަށް ބެލުމުންވެސް ކުރިން ދެންނެވި މާނަ ނެރެވެއެވެ. މި ލަފުޒަކީ ކުރީކުބަހުން ވިހާފައިވާ ލފުޒެކެވެ. "(/ˈpɛdəɡɒdʒi/ or /ˈpɛdəɡoʊdʒi/)" ފޮނެޓިކްސް އިން ލިޔާއިރު ލިޔެވޭނީ މިގޮތަށެވެ. "Ped" ނުވަތަ "paidos "ގެ މާނައައކީ ކުޑަކުދިންނެވެ. "ago" ނުވަތަ "əɡoʊ " ގެ މާނައަކީ އިސްކަނުމެވެ. އެހެންކަމުން މި ލަފުގެ ތަރުޖަމާއަކަށްވަނީ ކުޑަކުދިންނަށް އިސްކަން ދިނުމެވެ.

Thursday, February 28, 2013


މިނިވަންކަމަކީ، "އިން" ފަހަނައަޅާ ނުދިޔުމެވެ.
      
 މިނިވަންކަމަކީ، ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނޭ ކަލިމައެކެވެ. އެއީ އެތަނެއްގައި ދިރިއުޅޭ ހުރިހާ އަފުރާދުންނާއި، އެބައި މީހުންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. އަދި ކޮންމެ އިންސާނަކަށް ވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. ކޮންމެ މީހަކުވެސް ބޭނުންވާނެ ޙައްޤެކެވެ. ކޮންމެ ޤައުމެއްގައި ވެސް އޮތުން ލާޒިމު ކަމެކެވެ. ކޮންމެ ޤައުމަކަށް ވެސް އޮތުން ޙައްޤު ސިފައެކެވެ. އެހެންނަމަވެސް އަގުބޮޑު މި ނިޢުމަތުން މަޙުރޫމުވެފައިވާ ފަރާތްތަކެއް ވެސް އެބަވެ އެވެ. މި ޙައްޤު ހިތުހުރި މިންވަރަށް ބޭނުން ކުރާ ފަރާތްތައްވެސް އެބަވެ އެވެ. އެހެންނަމަވެސް އެންމެ ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިނިވަން ކަމުގެ އިމެއް ވާކަމެވެ. އެ އިމުން ބޭރުވުމުން މިނިވަންކަން ގެއްލޭނެ ކަމެވެ.

ދިވެހިންގެ ނިޔަމިކަން


އެވޭލާ ޒަމާނުންސުރެން ދިވެހިންނަކީ އެއްތަނުން އަނެއްތަނަށް ދަތުރުފަރުކޮށް އުޅުނު ނިޔަމިންތަކެކެވެ. ބޭރުގެ ގައުމުތަކަށާއި މި ރާއްޖޭގެ އެކިއެކި ރައްރަށައް ދަތުރު ފަތުރުކޮށް އުޅުނު ބައެކެވެ. ދުނިޔޭގެ ބޮޑެތި ހަޟާރާތްތަކާއި ގުޅުން ބަދެހިކޮށް އުޅުނު ދުނިޔެއާއި އެކުވެރި ބައެކެވެ. ދުނިޔޭގައި ބާރުގަދަ ރަސްދަރުބާރުތަކަށް ވެދުމާގޮސް ހަދިޔާބަދިޔާ ބަދަލުކޮށް އުޅުނު ހިތްހެޔޮ ބައެކެވެ. ދުނިޔޭގެ ހުޅަނގާއި އިރަށް ދަތުރު ފަތުރުކޮށް އުޅުނު ދަތުރު ފަތުރުގެ ޢިލްމު ދަންނަބައެކެވެ. އެވޭލާ ދިވެހިން ނިޔަމިކަން ކުރަމުން އައީ ދުނިޔެ ގަބޫލްކުރަމުން އަންނަ ޢިލްމުތައް ބޭނުން ކޮށްގެންނެވެ. އެވޭލާ ދިވެހި ނެވި ނިޔަމިން، ނިޔަމިކަން ކުރުމަށް މަސްނޫއީތަކެތި ބޭނުންކުރިއެވެ. އަދި ނިޔަމިކަން ކުރުމަށް ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބޭނުން ކުރިއެވެ. އެވޭލާ ދިވެހިން ނިޔަމިކަން ކުރަމުންއައީ ތަރިތަކަށާއި އިރާއި ހަނދަށް ބައިގެންނާއި މޫސުމީ އޮއިވަރާއި ދިޔަވަރާއި ވައަށް ބެލުމުގެ އިތުރުން މަސްނޫއީ ތަކެތި ބޭނުން ކޮށްގެންނެވެ.